ads
ތިމަރަފުއްޓަށް ޑްރަގު އެރެތެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ޒުވާނުން
ތިމަރަފުއްޓަށް ޑްރަގު އެތެރެކުރަން އުޅުނު ޒުވާނުންތަކެއް ހައްޔަރުކޮށްފި
ތ. ތިމަރަށްފުއްޓަށް ޑްރަގު އެރެތެކުރަން އުޅުނު ޒުވާނުންތަކެއް އެ އަތޮޅު ވިލިފުށިން ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ  ބުލޫބެލް / ދ. ހުޅުދެލި، ހަސަން ވަހީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، އާސް އިބްރާހީމް (34އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައިކަމަށް ފުލުހުން ބުނެއެވެ.

 ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާކމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމު ހުރިކަމަށް ފުލުހުން ބުނެއެވެ. 

 މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަސަން ވަހީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި އާސް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށްވަނީ  ކޯޓުން ވަނީ އަމުރުކޮށްފައެވެ. 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;