މިދިޔަ ސަރުކާރުން އެޅި 4000 ހައުސިން ޔުނިޓްތައް ހިމެނޭ ކޮންމެ ޓަވަރަކީވެސް 16 ބުރީގެ އުސްޓަވަރުތަކަކެވެ.
މިއަދު މީހަކު އާއްމުކުރި ވީޑިއޯގައި ފެންނަނީ ދެ ޒުވާނަކު އެތަނުން ޓަވަރެއްގެ މަތިން ޓެރަސްއަށް ނުކުމެ މަގުމައްޗަށް ފައިތިރިކޮށްގެން ފާރުބުރި މަތީގައި ތިބޭތަނެވެ. ވީޑިއޯއިން ފެންނަ ގޮތުން އެއްވެސް ރައްކާތެރިކަމެއް ނެތި އެ ދެ ޒުވާނުން އެތަނަށް އަރާ ތިބީ މޯބައިލް ފޯނުން ފޮޓޯ ނަގާށެވެ.
މި ވީީޑިއޯ އާއްމުކުރި މީހާ ވަނީ ޓަވަރުތަކުގެ ޓެރެސްއަށް އެރޭގޮތަށް މިހެން ހުރުމަކީ ނުރައްކަލެއްގެ ތެރެއަށް ބަޔަކު ވެއްޓިގެން ހިނގައިދާނެ ސަބަބެއްކަން ފާހަގަކޮށް އެކަމަށް އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އެ ޒުވާނުންނަށް މީހަކު ވީޑިއޯކުރާތަން ފެނުމުން އެ ޒުވާނުން އެތަނުން ފުންމާލައިގެން އެތެރެއަށް ދާތަންވެސް ވީޑިއޯއިން ފެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;