ads
ރްމޫޒް ކަނޑުއޮޅީގައި ބޯޓުތައް ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ރޮއިޓާސް
އީރާނުން ހޮރްމޫޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރުމުން ތެލުގެ އަގު އުފުލިއްޖެ
އެމެރިކާގެ އަސްކަރިއްޔާއިން އިރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެން، ރައްދުގައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރިކަން އީރާނުން އިއުލާނުކުރުމާ އެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަރަށް ބޮޑަށް އުފުލިއްޖެ އެވެ.
Advertisement

އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ މަހު އިރާނަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގައި ވަނީ ހަނގުރާމަ ފެތުރިފައެވެ. އީރާނުން ވަނީ މީގެ ރައްދުގައި ގަލްފުގެ ގައުމުތަކަށް ހަމަލާދީ، ދުނިޔޭގެ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

"ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކަށް ހަމަލާ ދޭނަން. މިހާރު މި ކަނޑުއޮޅި ވަނީ ހުރިހާ ބާވަތެއްގެ އުޅަނދުފަހަރަކަށް މުޅިން ބަންދުކޮށްފައި،" އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން އެ ގައުމުގެ 'ހާތަމުލް އަންބިޔާ' ކޮމާންޑާ ހަވާލާދީ މިއަދު ބުންޏެވެ.

ނަމަވެސް، އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ވިޔަފާރި އުޅަނދުފަހަރު އަދިވެސް އެ ކަނޑުއޮޅިން ދަތުރުކުރަމުންދާ ކަމަށެވެ. އަދި އީރާނުގެ މިސައިލް ނުވަތަ ޑްރޯން ހަމަލާއެއް އެމެރިކާގެ މަނަވަރަކަށް އަމާޒުވި ކަމަށް ދެކެވޭ ވާހަކަތައް އެމެރިކާއިން ވަނީ ދޮގުކޮށްފަ އެވެ.

your imageއެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދަށް އެމެރިކާގެ ހެލިކޮޕްޓަރުތަކެއް ޖައްސަނީ: ކަނޑުމަތީގެ ޕެޓްރޯލެއްގައި އުޅެނިކޮށް އީރާުނުން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލާފައިވާ ކަމަށް ވަނީ ބުނެފައި. - ފޮޓޯ: އިންޑީޕެކޮމް


އެމެރިކާއިން ވަނީ ކަނޑުއޮޅިން ދަތުރުކުރާ ބޯޓުފަހަރަށް އަސްކަރީ ހިމާޔަތް ދިނުމުގެ އޮޕަރޭޝަނެއް މެއި މަހުގެ ކުރީކޮޅު "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ފަށައިފަ އެވެ. ނަމަވެސް، އެންމެ ދުވަހަކަށްފަހު އެ މަސައްކަތް އެމެރިކާ އަސްކަރިއްޔާއަށް "ނުވެގެން" ހުއްޓާލި އެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ އެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އަދި ހަކަތަ އިމްޕޯޓްކުރާ އޭޝިއާގެ ގައުމުތަކަށް ތެޔޮ ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މިދިޔަ ހަފުތާގައި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ޑީސަލްގެ އަގު ވަނީ 1985 ވަނަ އަހަރުގެ ފަހުން އުފުލު އެންމެ މައްޗަށް އަރައިފަ އެވެ. މިއީ 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތް ދުވަސްވަރު އަގުތައް އުފުލުނު މިންވަރަށް ވުރެ ވެސް މަތީ އަދަދެކެވެ.

ބްރެންޓް ކްރޫޑްގެ އަގު ފީފާއަކަށް 2.30 ޑޮލަރު ނުވަތަ 2.47 އިންސައްތަ މައްޗަށް ގޮސް، އަގު ވަނީ މިއަދު 95.42 ޑޮލަރަށް އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ކްރޫޑްގެ އަގު ފީފާއަކަށް 2.62 ޑޮލަރު ނުވަތަ 2.89 އިންސައްތަ މައްޗަށް ގޮސް، 92.63 ޑޮލަރަށް ވަނީ އުފުލިފަ އެވެ.

ތެލުގެ އަގު އުފުލެން މި ފެށީ އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ މަޝްވަރާތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް ޓްރަމްޕު ވިދާޅުވެފައި ވަނިކޮށެވެ. 

އާންމުންގެ ޕްރެޝަރު ބޮޑުވަމުންދާތީ، ގިނަ ގައުމުތަކުން މިހާރު އަންނަނީ ހަކަތައިގެ އަގު ކޮންޓްރޯލް ކުރުމަށާއި އާންމުންނަށް ލުއި ދިނުމަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިކަމުގެ ގެއްލުން ގައުމުތަކުގެ އިގްތިސޯދަށް އަންނަނީ ކުރަމުން ނެވެ. ހާއްސަކޮށް ވައިގެ ދަތުރުތަކަށް ވަނީ ބޮޑު ލޮޅުމެއް އައިސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;