"ޑިޖިޓަލް ސޭފްޓީ އެކްޓް"ގެ ނަމުގައި ހުށަހެޅި މި ބިލުގެ ދަށުން، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އޭއައި ޗެޓްބޮޓްތަކުން އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ އުސޫލުތައް ކަނޑައަޅައި ބަލަހައްޓާނެ އާ އިދާރާއެއް ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. މި ބިލު، އެ ގައުމުގެ ހައުސް އޮފް ކޮމަންސްއަށް ބުދަ ދުވަހު ހުށަހެޅުއްވީ ކަލްޗާ މިނިސްޓަރު މާކް މިލާ އެވެ.
ކެނެޑާ ސަރުކާރުން ހާމަކުރި ގޮތުގައި، ޑިޖިޓަލް ހިދުމަތްތައް ކުރިއަރަމުންދާ ދުވެއްޔާއި މިންވަރާ އަޅާބަލާއިރު، އޭގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިވުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އެޅިފައެއް ނުވެ އެވެ.
ކެނެޑާއިން މިފަދަ ގާނޫނެއް ހުށަހަޅާފައި މިވަނީ، އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތަކުން އެ ކުދިން ރައްކާތެރިކުރުމަށް ބެލެނިވެރިންނާއި އެހެން ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އިނގިރޭސިވިލާތް، މެލޭޝިއާ ހިމެނޭހެން އެހެން ގައުމުތަކުން ވެސް މިފަދަ މަނާކުރުންތަކެއް ގެނައުމަށް ދަނީ ތައްޔާރުވަމުންނެވެ.
އަދި އޮސްޓްރޭލިއާގައި ވެސް ވަނީ 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ހަރުކަށި ގާނޫނެއް ފާސްކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;