ads
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ރާއްޖެ އައި އިޓަލީގެ ނޫސްވެރިންގެ ޓީމް - ފޮޓޯ:އެމްއެމްޕީއާރުސީ
މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ
މިދިޔަ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 17 ޕަސެންޓަށް ދަށަށް ހިނގައްޖެ އެވެ.
Advertisement

މީރާގެ ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މި ދަށުން ދިޔުމުގެ ސަބަބުން މިދިޔަ މަހު ދައުލަތަށް ލިބުނު ޑޮލަރުގެ އަދަދު 89 މިލިއަނަށް ވަނީ ތިރިވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މެއި މަހު ދައުލަތަށް ލިބުނު 105 މިލިއަން ޑޮލަރާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ދަށްވުމެކެވެ.

މިދިޔަ މެއި މަހު ދައުލަތަށް ޖުމްލަ އާމްދަނީ ވެސް ވަނީ ފަސް ޕަސެންޓް ދަށްވެފަ އެވެ. މެއި މަހު ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު މިދިޔަ އަހަރުގެ މެއި މަހު 2.1 ބިލިއަން ރުފިޔާ މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވެ އެވެ.

ޑޮލަރުގެ އާމްދަނީ އެހާ ބޮޑަށް ދަށަށް ދިޔައީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ވެސް ދަށްވެފައިވުމުންނެވެ. މާޗް މަހު ފެށުނު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ.

އެ ދެ މަހަށް ފަހު، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ. އެގޮތުން، މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 1.7 ޕަސެންޓް ދަށްވެފަ އެވެ.

ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއް ކަމަށްވާއިރު، ވިޔަފާރިތަކާއި އާންމުންނަށް ޑޮލަރުގެ ބޭނުން ވަރަށް ބޮޑަށް ޖެހެ އެވެ. އަދި ރާއްޖޭގައި ދަރަނި އިންތިހާއަށް ބޮޑުވެފައިވުމުން ދައުލަތަށް ވެސް ވަނީ ޑޮލަރުގެ ބޭނުން ޖެހިފަ އެވެ.

ސަރުކާރުން ވަނީ، މި ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 2.2 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 45،000 އަށް ވުރެ ގިނަ އެނދު އެބަހުއްޓެވެ. ރާއްޖޭގައި މިވަގުތު 179 ރިސޯޓާއި، 16 ހޮޓެލްގެ އިތުރުން، 918 ގެސްޓްހައުސް އާއި، 171 ސަފާރީ އޮޕަރޭޓް ކުރަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;