ads
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މެމްބަރު މީކާއިލް ނަސީމް ވޯޓުލައްވަނީ...
ހިސާބުތަކުން ދައްކަނީ ކުރީގައި އުޅެނީ އަޅުގަނޑު ކަމަށް: މީކާއިލް
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅޭ ގޮތުން ލިބިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އަދިވެސް ކުރީގައި އުޅެނީ އޭނާ ކަމަށާއި، ނަމަވެސް ބައެއް ރަށްރަށުގައި އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ފަދަ ކަންކަން ހިނގައިފި ކަމަށް އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
Advertisement

ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ މީކާއިލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މީކާއިލް ވިދާޅުވީ އިންތިހާބުގެ ތެރެއިން ވަރަށް ހިތާމަވެރި ކަންކަން ފެންނަމުންދާ ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި އޭނާގެ ޓީމުގެ މަންދޫބުންނަށް ފާސް ދޫނުކޮށް ވޯޓުލުން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. 

އަދި ބައެއް ރަށްރަށުގައި ފަޅާލާފައި އޮތް ވޯޓު ފޮއްޓަށް ވޯޓުލުން ކުރިއަށްދާތަނާއި ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައިވާތަން ވެސް ފެންނަމުންދާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

"އަޅުގަނޑު ދުވަހަކު ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން މިއިކީއެއް. އަޅުގަނޑުމެން ތަސައްވުރު ކުރާ އެމްޑީޕީއެއް ނޫން މިއިކީއެއް،" މީކާއިލް ވިދާޅުވި އެވެ.

ފީއަލީގައި ބަހައްޓާފައިވާ ވޯޓުފޮށި މިއަދު ހަވީރު 4:30 ހާއިރު އެ ތަނުން ނަގައިގެން، ފޮއްޓާ ހަވާލުވެ ހުރި ފަރާތުގެ ގެއަށް ފޮށި ގެންގޮސް އެ ގޭގައި އެ ފަރާތުން ބޭނުން ގޮތަކަށް ވޯޓުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ވެސް ބަޔާނުގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ފިޔޯރީގައި ވޯޓުފޮށި ފަޅާލައި އަދި އެކަން ރަނގަޅު ނުކޮށް، ވޯޓުގެ ސައްހަކަން ގެއްލޭ ގޮތަށް މީކާއިލްގެ މަންދޫބުންނަށް ފުރުސަތު ނުދީ ފޮއްޓަށް ވޯޓު އަޅާފައިވާ ކަމަށް ކަމަށް ވެސް ބުންޏެވެ. 

އިދިކޮޅު ޕާޓީ ހިންގުމުގެ އެންމެ އިސް މަގާމަށް ބޭފުޅަކު ހޮވަން ވޯޓުލުން ފަށާފައިވަނީ މެންދުރު ފަހު 2:30 ގަ އެވެ. މިރޭ 9:00 އާ ހަމައަށް ގެންދާ ވޯޓުލުމުގައި ބައި ލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. 

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;