ads
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓްލުމުގެ ތެރެއިން
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލުން ފަށައިފި
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
Advertisement

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓް މިލަނީ ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެ ދާއިރާގެ ވޯޓް އެއްވަރު ވެއްޖެކަމަށް ހައިކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ. 

މިއަދުގެ ވޯޓްލުން ހަވީރު 04:00 ޖެހުމާއި ހަމައަށް ކުރިޔަށްދާއިރު ތިން ވޯޓް ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މިދާއިރާއަށް 1049 މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު މިއަދު 09:00 ޖެހުމާއި ހަމައަށް 121 މީހުން ވަނީ ވޯޓްލާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި އެންމެ މައްސަލަ ބޮޑުވި އެއް ދާއިރާ ކަމަށްވާ ދ. މީދޫ ދާއިރާގެ ރައީސްގެ ވޯޓުގައި، އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ އާންމުކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 393 ވޯޓު ލިބުނުއިރު، އެމްޑީއޭ ކެންޑިޑޭޓް މުޙައްމަދު ޝާހިދަށް ލިބުނީ 392 ވޯޓެވެ.

އެހެންނަމަވެސް، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮށްޓަކަށް، ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާ މައްސަލައިގައި އީސީގެ ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރުންގެ އިއްތިފާގުން ވަނީ، މައްސަލަ ޖެހުނު ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ކަނޑައަޅައި، ނަތީޖާއިން އެ ވޯޓު އުނިކުރުމަށް ނިންމާފައެވެ. އެ ކޮމިޝަނުން އަލުން ވޯޓު ގުނުމުން އެއް ވޯޓުގެ ތަފާތުން ކައުންސިލްގެ ރައީސްގެ ގޮނޑި ކާމިޔާބުކުރީ އެމްޑީއޭގެ ކެންޑިޑޭޓެވެ.

އެހެންކަމުން އެ މައްސަލަ ޕީއެންސީން ހައިކޯޓަށް ހުށައެޅި އެވެ. އެ ކޯޓުން އިއްވި ހުކުގައިވަނީ އިލެކްޝަންސް ކޮމިޝަނުން ސުހާއަށް ލިބުނު ވޯޓުގެ ތެރެއިން ބާތިލުކުރި އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް ކަނޑައަޅާފައެވެ. އަދި ނިންމުމާއި އެއްގޮތަށް އަލުން ނަތީޖާ އިއުލާންކުރަން އިލެކްޝަންސް ކޮމިޝަން މައްޗަށް ވަނީ އަމުރުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;