ވާދަވެރި ކެމްޕެއިންތަކަށްފަހު އެމްޑީޕީގެ ޗެއާފާސަން އިންތިހާބު ކާމިޔާބުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ އިންތިހާބުގައި 30,626 މީހުން ވޯޓްލީއިރު 20,943 މީހުން ވޯޓްދިނީ އަންނި އަށެވެ. މީކާއީލަށް ލިބުނީ 9,251 ވޯޓެވެ.
އިންތިހާބަށް ނުކުތް އިރުވެސް ދެ ފެކްޝަން އޮތް އެމްޑީޕީގައި ރައިސް ސާލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތާއީދުކުރެއްވީ މީކާއިލްއަށެވެ. އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެންމެ އަތޮޅަކުން ފިޔަވާ ހުރިހާ އަތޮޅަކުން ކުރި ހޯދެއްވީ ނަޝީދުއެވެ. މީކާއީލަށް ކުރި ހޯއްދެވުނީ އެންމެ އަތޮޅަކުންނެވެ. އެއީ ރައީސް ސާލިހް ނިސްްބަތްވެޑައިގަންނަވާ ޅ. އަތޮޅުން އެކަންޏެވެ.
މީގެއިތުރުން ރައީސް ސާލިހްގެ އުފަން ރަށުންވެސް ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން މީކާއިލް ކުރި ހޯއްދެވިއެވެ. ހިންނަވަރުން މީކާއިލަށް 547 ވޯޓް ލިބިވަޑައިގެންނެވިއިރު ނަޝީދަށް ލިބިވަޑައިގަތީ 423 ވޯޓެވެ. މީ 124 ވޯޓްގެ ތަފާތެކެވެ.
އިއްޔެ ބޭއްވި ޗެއާޕާސަންގެ އިންތިހާބު ނަޝީދު ކާމިޔާބުކުރެއްވުމުން އެމަނިކުފާނު މިވަނީ އަނެއްކާވެސް އެމްޑީޕީގެ ތަހުތައް އިސްވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;