ވާދަވެރި ކެމްޕެއިންތަކަށްފަހު އެމްޑީޕީގެ ޗެއާފާސަން އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ އެ އިންތިހާބުގައި ވޯޓްލީ 30,626 މީހުންގެ ތެރެއިން 20,943 މީހުން ވޯޓާއެކުއެވެ. މީކާއީލަށް ލިބިވަޑައިގަތީ 9,251 ވޯޓެވެ.
އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވަނީ ނަޝީދަށް މަރުހަބާ ވިދާޅުވެފައެވެ. މި އިންތިހާބުގައި ފަޒްނާ ތާއީދުކުރެއްވީ މީކާއިލް އަށެވެ. އަދި ނަޝިދަށް ތާއީދުކުރެއްވި ބައެއް ފަރާތްތަކުން ދެއްކެވި ވާހަކަތަކަށް ފަޒްނާ ވަނީ ކެމްޕެއިން ދުވަސްވަރު ރައްދުވެސް ދެއްވާފައެވެ.
އިންތިހާބަށްފަހު ފަޒްނާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްތެއްގައި ވިދާޅުވީ އިންތިހާބުގައި މީކާއީލަށް ތާއިދުކުރެއްވުނީ އުފާކުރައްވާކަމަށެވެ.
އިންތިހާބު ނަތީޖާ ގަބޫލުކުރައްވާނެކަމަށް ކެމްޕެއިންގައި މީކާއިލް ވިދާޅުވިކަން ފާހަގަކުރައްވާ ފަޒްނާ ވިދާޅުވީ މީކާއިލް ޕާޓީގައި ދެމިހުންނާނެކަމަށް އުއްމޫދުކުރައްވާކަމަށާއި ދެން އޮތް އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ އެއްވެސް ކަމެއް ނުކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
އިންތިހާބަށް ނުކުތް އިރުވެސް ދެ ފެކްޝަން އޮތް އެމްޑީޕީގައި ރައިސް ސާލިހާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ތާއީދުކުރެއްވީ މީކާއިލްއަށެވެ. އިންތިހާބުގެ ނަތީޖާ ދައްކާގޮތުން އެންމެ އަތޮޅަކުން ފިޔަވާ ހުރިހާ އަތޮޅަކުން ކުރި ހޯދެއްވީ ނަޝީދުއެވެ. މީކާއީލަށް ކުރި ހޯއްދެވުނީ އެންމެ އަތޮޅަކުންނެވެ. އެއީ ރައީސް ސާލިހް ނިސްްބަތްވެޑައިގަންނަވާ ޅ. އަތޮޅުން އެކަންޏެވެ.
މީގެއިތުރުން ރައީސް ސާލިހްގެ އުފަން ރަށުންވެސް ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން މީކާއިލް ކުރި ހޯއްދެވިއެވެ. ހިންނަވަރުން މީކާއިލަށް 547 ވޯޓް ލިބިވަޑައިގެންނެވިއިރު ނަޝީދަށް ލިބިވަޑައިގަތީ 423 ވޯޓެވެ. މީ 124 ވޯޓްގެ ތަފާތެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;