ads
ގަލޮޅު ދެކުނު ދައިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހަށް ގަރާރެއް
ކައުންސިލަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެންނާން ޖެހިއްޖެކަން ފާހަގަކޮށް، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބަލަން ރައްޔިތުން މަޖިލިހަށް ގަރާރެއް ހުށައަޅައިފިއެވެ.
Advertisement

މި ގަރާރު މަޖިލިހަށް ހުށައެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްއެވެ.

އެ ގަރާރުގައި ބުނެފައިވަނީ ގަރާރުގައި ބުނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބަޔަކީ ލޯކަލް ކައުންސިލްތަކުގައި ހިމެނޭ ކައުންސިލަރުން ކަމަށެވެ، އަދި  އެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ސަބަބުން ކައުންސިލަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އިތުރުވެ، އެ ފަރާތްތަކުން މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ގިނަވެފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ކައުންސިލް ރައީސްގެ މުސާރަ، ސެކްރެޓަރީ ޖެނެރަލްގެ މުސާރައަށްވުރެ ކުޑަކަން ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ. އަދި ކައުންސިލް ނައިބު ރައީސްގެ މުސާރަ، ކައުންސިލް އެގްޒެކެޓިވެއްގެ މުސާރައަށްވުރެ ކުޑަކަމަށާއި ކައުންސިލް މެމްބަރުންގެ މުސާރަ، ކައުންސިލްގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތަށްވުރެ ކުޑަކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބައެއްގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަށް ވުރެ ކުޑަވުމުން، އިންތިހާބީ އޮފިޝަލުންގެ ބާރުވެރި ކަމަށް އުނިކަންގެނުވާކަން ވެސް މީކާއިލްގެ ގަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;