މި މަހު 30ގައި ސިނަމާގައި އަޅުވާ ފިލްމުގެ ޓްރެއިލާ ނިމިދިޔަ ހަފްތާގައިވަނީ ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފަ އެވެ. އެގޮތުން، ރުއިމާއި އާއިލީ ދެބަސްވުންތަކުގެ މަންޒަރުތައް އެ ޓްރެއިލާއިން ފެނެ އެވެ.
"ގިލަން"ގެ ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދޭ ގޮތުގައި، މިހާރު އޮލިމްޕަސްގެ ކައުންޓަރުންނާއި އޮންލައިންކޮށް ވެސް ފިލްމުގެ ޓިކެޓު ނެގޭނެއެވެ. މިގޮތުން، އޮންލައިންކޮށް ޓިކެޓު ނެގެނީ، ޕޯޓަލް މެދުވެރިކޮށެވެ. އަދި، 7743399 ގުޅައިގެން ވެސް ގިލަންގެ ޓިކެޓު ނެގޭނެ އެވެ.
މި ފިލުމްމުގެ ލީޑް ކާސްޓުންނަކީ މަޝްހޫރު އެކްޓަރާއި ޑައިރެކްޓާ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި ފާތުމަތު އާޒިފާ (އަޒޫ) އެވެ. މީގެއިތުރުން މި ފިލުމުގެ މުހިއްމު ރޯލްތަކުން އަޒޫގެ ފިރިމީހާ އަހުމަދު ސައީދާއިި އައިމިނަތު ނޫރާ އާއި ދަރާ މުހައްމަދު ރަޝީދާއި މަރިޔަމް ޝަކީލާވެސް ފެނިގެން ދެއެވެ.
ފިލްމު އެޑިޓްކޮށްފައިވަނީ ރަވީ ފާރޫގްއެވެ. ފިލްމަށް މިއުޒިކް ހަދާދީފައިވަނީ އައްޔުމަން ޝަރީފެވެ. ކެމެރާމަނަކީ އިބްރާހިމް ވިސާމް (ކަނޑި)އެވެ.
އަމްޖޭ އެންމެފަހުން ގެނެސްދިން ފިލްމަކީ 2024 ގައި އެޅުވި "އުދަބާނި 2" އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;