އެތައް އަހަރެއްގެ އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީ އުރީދޫ އިންނެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ބައިވެރިވެވަޑައިގަތެވެ.
ޒުވާނުންގެ މެދުގައި މަގްބޫލް ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ޕޭޕަލް ގެނައުމަށް އެ ކުންފުންޏަށް ޕްރޮޕޯސަލް ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއަށް ފަހު، މިދިޔަ އޮކްޓޫބަރު މަހު، އުރީދޫ ފިންޓެކް އާއި ޕޭޕަލް ގުޅިގެން ވަނީ ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފެށުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަން އިއުލާންކުރިއެވެ.
މި މަސައްކަތުގެ ތެރެއިން ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއަށް އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަަނުވުމުގެ ސަބަބުން 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުން ލަސްވިއެވެ. އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްއިން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނެސް ނިންމީ މި އަހަރުގެ ކުރީކޮޅުއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސްވެސް ރަސްމީކޮށް ހަވާލުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;