މެޗުގެ ހަތް ވަނަ މިނެޓުގައި ސްވިޑެންއަށް ލީޑު ނަގައިދިނީ ޒުވާން މިޑްފީލްޑަރު ޔަސީން އަޔާރީ އެވެ. މެޗުގެ 30 ވަނަ މިނެޓުގައި އެލެކްސެންޑާ އީސާކް ސްވިޑެންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައިވަނިކޮށް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓިއުނީޝިއާގެ އޮމަރް ރެކިކް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
މެޗުގެ 59 ވަނަ މިނިޓުގައި ސްވިޑެން އަށް އަލުން ދެ ގޯލުގެ ލީޑު ހޯދައިދިނީ ވްކްޓޯ ޔޯކެރޭސް އެވެ. އެއަށް ފަހު 84 ވަނަ މިނިޓުގައި ސްވިޑެންގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ މަޓިއަސް ސްވަންބާގް އެވެ.
އިތުރު ވަގުުތުގައި ސްވިޑެންގެ ފަހު ލަނޑު ޖެހީ މެޗުގައި މޮޅު ކުުޅުމެއް ދެއްކި އަޔާރީ އެވެ. އަޔާރީ އަކީ މެޗުގައި ސްވިޑެންގެ ފުރަތަމަ ލަނޑު ވެސް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ދެ ވަނަ ލަނޑު ޖެހީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
މި ގްރޫޕުގައި ހިމެނޭ ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވުމާއެކު، ގްރޫޕް އެފްގެ އެއްވަނައިގައި މިވަގުތު އޮތީ ސްވިޑެން އެވެ. މިއީ މި ދެ ޓީމު ވޯލްޑް ކަޕެއްގައި ބައްދަލުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;