އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 ގައިވާ ގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންނަމަވެސް، އެ އޮތޯރިޓީގެ ހުއްލަ ލިބުމުގެ ކުރިން، އީ.އައި.އޭ މަރުޙަލާތަށް ފުރިހަމަނުކޮށް ވ.ކުނަވަށީގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންގޮސްފައިވާކަމަށް އީއާރުއޭއިން ބުނެއެވެ. އެހެންކަމުން އެ މައްސަލަ އެ އޮތޯރިޓީން ބެލުމަށްފަހު، ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000.00ރ. އިން ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާ ކޮށްފައިވާކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ބުނެއެވެ.
އަދި އެ ޖޫރިމަނާ އިއްޔެއިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބަނޑޭރި ޕޭ މެދުވެރިކޮށް ދެއްކުމަށް ވަނީ އަންގާފައެވެ އަދި ސީ.ޖޭ.އެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތްތައް ގަވާއިދު އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ނަސޭޙަތްދޭކަމަށްވެސް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ ނެރުނު ބަޔާނެއްގައިވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;