ހޭންޑީ ވޯޓާ ބޮޓްލިން ޕްލާންޓުން އުފައްދާ ހޭންޑީ ވޯޓާގެ 330 މިލިލީޓަރާއި ބައި ލީޓަރާއި އެއް ލީޓަރުގެ ފެން ބިއްލޫރި ފުޅިތަކުން ފެނިގެން ނުވާނެ ޖަރާސީމުތައް ފެނިފައިވާކަމަށް ބުނެ އެ ފެން ވިއްކުން ރާއްޖޭގައި ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ އެމްއެފްޑީއޭއިން މަނާކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
އެމްއެފްޑީއޭއިން މިއަދު ބުނީ ޖަރާސީމު ހުރި ފެންފުޅިތައް ބާޒާރުން ނަގާ، އެކަން ވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހޭންޑީ ވޯޓާ ބަންދުކުރާ ހޭންޑީ އިންޑަސްޓްރީޒުން އެޅުމުން އަލުން ފެން ތަހުލީލުކޮށްފައިވާކަމަށެވެ. އަދި ތަހުލީލު ތަކުން އެ ފެނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ބޯފެނުގެ މިންގަޑަށް ފެތޭ ފެނެއްކަމަސްވެސް އެމްއެފްޑީއޭއިން މިއަދު ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;