ads
ބެލްޖިއަމުން ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، ލުކާކޫ ބޯޅަ ހިފައިގެން ދަނީ: ބެލްޖިއަމް އެއްވަރު ކުރި ލަނޑަކީ މިސްރުގެ ޑިފެންޑަރު އަތުން ބައިކޮލާށް ވަން ލަނޑެއް - ފޮޓޯ: އެލެކްސް ގްރިމް | ގެޓީ އިމޭޖަސް
ފީފާ ވޯލްޑް ކަޕް: ބެލްޖިއަމް އާއި މިސްރުގެ ކުރިމަތިލުން އެއްވަރު
ފީފާ ވޯލްޑް ކަޕް ގްރޫޕް ޖީގެ ފުރަތަމަ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅެ، ތާރީހީ ފުރަތަމަ މޮޅާ ގާތަށް މިސްރު ދިޔަ ނަމަވެސް، ދެވަނަ ހާފުގައި ބައިކޮޅަށް ވަން ލަނޑަކުން މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
Advertisement

ސީއެޓްލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި މިސްރުގެ އީމާމް އަޝޫރު ވަނީ މުހައްމަދު ސަލާހުގެ އެހީތެރިކަމާ އެކު ފޮނުވާލި ހިތްގައިމު ހަމަލާއަކުން ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. މި ބާރު ހަމަލާ ދިފާއުކުރުމަށް ބެލްޖިއަމްގެ ގޯލްކީޕަރު ޓިބޯ ކޯޓުއާއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ބެލްޖިއަމުން ބަދަލަކަށް ރޮމެލޫ ލުކާކޫ ކުޅެން އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާގެ ނުފޫޒާއެކު ވަން މި ލަނޑަކީ މިސްރުގެ މުޙައްމަދު ހާނީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގެ ފަހު ކޮޅުގައި ބެލްޖިއަމާއި މިސްރުން ވެސް ގިނަ އެޓޭކްތަކެއްކޮށް ލަނޑު ޖެހޭތޯ މަސައްކަތްކުރިއިރު، އެކަން ކާމިޔާބުވާގޮތެއްނުވި އެވެ. އެ ގޮތުން، މިސްރުގެ ފެނަލްޓީ އޭރިއާގެ މެދުން ލުކާކޫ ހުހަށް ހުރެ ފުންމައިގެން އަރައި ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

މި ގްރޫޕުގައި ދެން ބެލްޖިއަމް ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހު ލޮސް އެންޖެލިސްގައި އީރާނާ އެވެ. އަދި މިސްރު ނުކުންނާނީ ހޯމަ ދުވަހުގެ ފަތިހު ވެންކޫވަރގައި ނިއުޒިލޭންޑާ ދެކޮޅަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;