ads
ސައުދީ އާއި އުރުގުއާއީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެންބީސީ ނިއުސް
ފީފާ ވޯލްޑް ކަޕް: ސައުދީ އާއި އުރުގުއޭ ފުއްދާލީ ޕޮއިންޓަކުން
މެޗު އެއްވަރުވީ 1-1 އިން
އުތުރު އެމެރިކާގެ ބައްރުގެ ތިން ގައުމުކަމަށްވާ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ފެށިގެން ކުރިއަށްދާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އެޗްގައި ރޭ ދަންވަރު ކުޅުނު ފޯރިގަދަ މެޗުގައި، ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ބައްދަލުކޮށް 1-1 އިން އެއްވަރުވެއްޖެ އެވެ.
Advertisement

މެޗުގެ ކުރީކޮޅު އުރުގުއޭއިން ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސައުދީންނެވެ. މެޗުގެ 41 ވަނަ މިނެޓުގައި ސައުދީގެ އަބްދުﷲ އަލް-އަމްރީ ވަނީ ހުށިޔާރުކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ލީޑް ނަގައި ދިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އުރުގުއާއީއަށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހިލޭ ޖެހުމަކުން އަރައުހޯ ނަގައިދިން ހުރަހުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ވިނާ ބޮލުން ފޮނުވާލި ހަމަލާ، ސައުދީގެ ކީޕަރު އަލް އޮވައިސް ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ދަށް ކުޅުމަކަށް ފަހު، އުރުގުއޭއިން އެ ޓީމުގެ ފެޑެރީކޯ ވަލްވާޑޭ ސީދާ މިޑްފީލްޑުގެ މެދަށް ބަދަލުކުރި އެވެ. މި ބަދަލާއެކު އުރުގުއޭގެ ކުޅުން ބަދަލުވި އެވެ. އެ ޓީމުން ސައުދީގެ ގޯލަށް އުފައްދަން ފެށި ހަމަލާތައް އިތުރަށް ވަރުގަދަ ކުރި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދަޔައީ 1-0 ގެ ނަތީޖާއަކުން ސައުދީ ކުރީގައި އޮވެގެންނެވެ. 

your imageފީފާ ވޯލްޑް ކަޕްގައި ސައުދީ އަރަބިއްޔާ އާއި އުރުގުއޭ ކުޅުނު މެޗުގެ ތެރެއިން.


ސައުދީން އުރުގުއޭ ހިފެހެއްޓުނީ މެޗުގެ 78 ވަނަ މިނެޓާއި ހަމައަށެވެ. 79 ވަނަ މިނެޓުގައި މުހައްމަދު އަލް އޮވައިސް ބޮލުން ފޮނުވާލި ހަމަލާއެއް ސައުދީގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު، މެކްސީ އަރައުޖޯ ވަނީ ގޯލަށް ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

އެމެރިކާގެ މަޔާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު ސައުދީ އަރަބިއްޔާ އާއި އުރުގުއޭ މެޗު ބަލަން 63،000 އެއްހާ ސަޕޯޓަރުން ވަނެވެ.

މިގްރޫޕްގެ ފެވަރިޓުންގެ ގޮތުގައި އޮތް ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އަށް ކޭޕް ވާޑް އަތުން މޮޅުނުވެވި ބޮޑު ސަޕްރައިޒް ނަތީޖާއެއް ފެނިފައި ވަނިކޮށް، މިގްރޫޕްގެ ދެވަނަ މެޗުވެސް އެއްވަރުވުމުން ގްރޫޕްގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;