މި މައްސަލައަކީ އެ ސްކޫލުގައި ކުރިން މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވެ ރާއްޖެ ދޫކޮށް ދިއުމުން، އެ މީހާގެ ނަމުގައި މުސާރަ ނަގަމުންދިޔަ މައްސަލައެކެވެ. މި މައްސަލަ ފެންމަތިވީ، އެޑިއުކޭޝަން މިނިސްޓްރީން ކުރި އޮޑިޓެއްގެ ތެރެއިންނެވެ.
މިކަން ފަޅާއެރުމާ ގުޅިގެން، އެ ކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެ ސްކޫލުގެ ތިން މުވައްޒަފަކު ވަޒީފާ އިން ވަކިކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ނިންމާފަ އެވެ. އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.
މީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ތަހުގީގުކުރަމުންދާ މައްސަލައަަކަށްވާތީ އެކަމުގެ ތަފްސީލެއް ނުދެ އެވެ.
އެ މައްސަލައިގައި ހިމެނެނީ ސްކޫލެއްގެ ތިން މުވައްޒަފުން ކަމަށް މައުލޫމާތު ލިބުނު ނަމަވެސް، މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިއެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;