ads
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ތެރެއިން
އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓާކޮށްފި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރި ކުރުމަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓާ ކޮށްފައިވާކަމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފި އެވެ.
Advertisement

މިއީ މިދިޔަ އަހަރުގެ މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރކުރި އުފެއްދުންތަކާ އަޅައިބަލާއިރު 2000އަށްވުރެ ގިނަ އަދަދެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

ބީސީސީން ވަނީ މަޢުރަޒުގައި ބައިވެރި ކުރުމަށް ރަޖިސްޓަރ ކޮށްފައިވާ އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމުގެ ފުރުޞަތު މި ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. އެކޯޕަރޭޝަނުން ވަނީ އެންމެ ފަހު ދުވަހަހަށް މަޑު ނުކޮށް އުފެއްދުންތަކުގެ ތަފްސީލް ހުށަހެޅުމަށް އިލްތިމާސް ކޮށްފައެވެ.

މީގެ ސަބަބުން ގިނަ އަދަދެއްގެ ދިވެހި އުފެއްދުންތަކާއި، ހިދުމަތްތަކުގެ އިތުރުން އައު އީޖާދުތައް އެއް ފުރާޅެއްގެ ދަށުން ފެނިގެންދާނެއެވެ. 

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަކަޒީ ދިވެހި ވިޔަފާރިވެރިންނާއި، އުފެއްދުންތެރިންގެ މުދާ އިޝްތިހާރުކޮށް، މާކެޓް ފުޅާކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ. 

މީގެ އިތުރުން ހިދުމަތް ހޯދާ ފަރާތްތަކާއި، އެހެނިހެން ވިޔަފާރިތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.

މި މައުރަޒުގައި 16 ދާއިރާއަކުން 73 ކެޓަގަރީއެއްގައި އުފެއްދުންތަކާއި ހިދުމަތްތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ. 

މި މައުރަޒު ކުރިއަށް ގެންދަނީ އުމުރުން 13 އަހަރުން މަތީގެ ދިވެހިންނަށާއި، ދިވެހި ވިޔަފާރިތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ތައުލީމީ މުއައްސަސާތަކާއި، ކައުންސިލްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވާ ގޮތަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 25 އިން 2 ނޮވެމްބަރ އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިއަހަރުގެ މަޢުރަޒުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަ އެކި ހަރަކާތްތަކާއި، ބޮޑުބެރާއި ދިވެހި ސަގާފީ އެކި ކުޅިވަރުތައް ވެސް ހިމެނޭ ގޮތަށެވެ.

2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ކަނޑައަޅުއްވާފައިވުމާއެކު، ބީސީސީގެ އަމާޒަކީ މިއަހަރުގެ މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށާއި މާކެޓް ކުރުމަށް ހުޅުވާލެވޭ އެންމެ ފަހި ފުރުސަތަކަށް ހެދުން ކަމަށް އެ ކޮޕަރޭޝަނުން ބުނެފައިވެ އެވެ.  .

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް