ads
ޝެއިހް އިސްމާއީލް މުހައްމަދު
ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިސްމާއީލް މުހައްމަދު އަވަހާރަވެއްޖެ އެވެ.
Advertisement

މ. ތޮއިބާ، ޝެެއިޚް އިސްމާއީލް އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. ޝައިހް އިސްމާއިލް އަވަހާރްވިއިރު އުމުރުފުޅަކީ 91 އަހަރުއެވެ. 

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ހިދުމަތް ކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ  ޝައިހު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. 

ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފުވެސް ޝެއިހް އިސްމާއީލް މުހައްމަދަށް ވަނީ އަރުވާފައެވެ. 

ޝެއިހްގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;