އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޝައިހް އިސްމާއިލް މުހައްމަދު (ތޮއިބާ ޝައިހު) އުމުރުން 91 އަހަރުގައި ރޭ ވަނީ އަވަހާރަވެފައެވެ.
އެކަމުގެ ހިތާމާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ޝައިހް އިސްމާޢީލް މުހައްމަދު އަވަހާރަވުމަކީ، ބޮޑު ހިތާމައަކާއި ފުން އަސަރުތަކެއް އިހްސާސް ކުރުވިކަމެއްކަމަށެވެ.
ޝައިހް އިސްމާޢީލް މުހައްމަދަކީ، ދީނީ އެކިއެކި ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރައްވައި، ޝާއިއު ކުރައްވަމުން ގެންދަވައިފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ޝައިހް އިސްމާޢީލް މުހައްމަދަކީ، ރާއްޖޭގައި އުފެދުނު ދީނީ އިލްމުވެރިންގެ ތެރެއިން ވަރަށްކުރީ ސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;