މި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިދެއްވީ އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި، ދިއްގަރު ކައުންސިލުގެ ރައީސް އަހްމަދު ނިޝާނާއި، އެމްއައިބީގެ އިސްވެރިންނެވެ.
އެމްއައިބީން ބުނީ އަލަށް ގާއިމުކުރި ސޭލްސް ސެންޓަރުން ބޭންކިން ހިދުމަތްތައް ފަސޭހަކަމާއެކު ދިއްގަރު ރަށްޔިތުންނަށް ލިބޭނެކަމަށެވެ. އަދި އެރަށުގައި ހުޅުވި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ދިއްގަރު ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށް އެމްއައިބީއިން ބުނެއެވެ.
ދިއްގަރުގައި އެމްއައިބީގެ ސޭލްސް ސެންޓަރަކާއި އޭޓީއެމްއެއް ހުޅުވުމުގެ ތެރެއިން
މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ހިދުމަތްތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެެއްކަމުގައި އެ ބޭންކުން ބުނެއެވެ.
މި ހިދުމަތްތައް ފަރުމާކޮށްފައި ވަނީ ބޭންކިން ފަސޭހަކުރުމާއި ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށް ކަމަށް އެމްއައިބީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;