އެމްކިއުއޭ އިން ބުނީ އެވިޑް ކޮލެޖުގައި ރަޖިސްޓްރީވެފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއް މިއަހަރުގެ ކުރީކޮޅު ފެންމަތިވެފައިވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އެ ކޮލެޖަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.
ނަމަވެސް، އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނިކޮށް، ރަޖިސްޓްރީ ނުކުރާ ދަރިވަރުންތަކަކަށް އަނެއްކާވެސް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެމްކިއުއޭގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ. އެހެންކަމުން، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފަޔާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން މިހާރު ވަނީ އެވިޑް ކޮލެޖު ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް، ޖޫރިމަނާ ކުރި އަދަދެއް ބަޔާނުގައި ނެތެވެ.
އެމްކިޔުއޭ އިން އެކްރެޑިޓޭޝަން ދީފައިވާ ކޯސްތަކެއް ސްރީ ލަންކާގައި ގަވާއިދާ ހިލާފަށް ހިންގި ކަން އެނގުމުން އެވިޑް ކޮލެޖަށް ފުރަތަމަ ފިޔަވަޅު އެޅީ މިދިޔަ ޖެނުއަރީ މަހު އެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެކުރިން ވެސް އެވިޑު ކޮލެޖުގެ މިފަދަ މައްސަލައެއް ފެންމަތިވި އެވެ. މިގޮތުން، އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް 29 ޑިސެމްބަރު 2022ގައި ފެންމަތިވި އެވެ.
ނަމަވެސް، އެވިޑް ކޮލެޖުން އޭރު ބުނެފައި ވަނީ ގަވާއިދާ ހިލާފަށް އެއްވެސް ކޯހެއް ނުހިންގާ ކަމަށާއި އެމްކިއުއޭގެ ކުރި ކަމަކީ އެވިޑު ކޮލެޖުގެ ނަން ކިލަނބުކުރީ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;