މާލޭގައި މީގެކުރިން ބޭއްވި ނައިޓް މާކެޓެއްގެ ތެރެއިން
އާ އަހަރާ ދިމާކޮށް މާލޭގައި ބޮޑު ނައިޓް މާކެޓެއް ބާއްވަނީ
18 ޑިސެމްބަރ 2019 - 11:30:29
"މާލެ ސިޓީ ބޮޑު ޗުއްޓީ ނައިޓް މާކެޓް"ގެ ނަމުގައި މާލޭގައި ބޮޑު ނައިޓް މާކެޓެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ސްކައި ލައިޓް އެޑްވަޓައިޒިން އިން އިންތިޒާމުކުރާ މި ނައިޓް މާކެޓް ބޭއްވުމަށް ހަމަޖައްސާފައިވަނީ މާލޭގެ ރަސްފަންނު ސަރަހައްދުގައި ކުރިއަށް އޮތް ޖެނުއަރީ މަހުގެ 3 އިން 10 އަށެވެ.
ނައިޓް މާކެޓްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފަ އެވެ.
މިނައިޓް މާކެޓްގައި 230 ސްޓޯލް ބެހެއްޓުމަށް ނިންމާފައިވާއިރު ސްޓޯލްތައް ބޭނުންވާ ފަރާތްތަކަށް ސްކައި ލައިޓްގެ އޮފީހުން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން ރޭގަނޑު 9:30 އަށް ސްޓޯލްތައް ހަމަޖައްސައިދިނުމަށް ވަނީ ނިންމާފަ އެވެ.
ސްޓޯލް ދޫކުރުމުގައި ކުރިން ހުށަހަޅާ ފަރާތްތަކަށް އިސްކަން ދިނުމަށް ވަނީ ނިންމާފަ އެވެ.
ސްކައި ލައިޓްގެ ނައިޓް މާކެޓް ކުރިއަށް ގެންދަން ނިންމާފައިވަނީ އާ އަހަރާ ގުޅުވައިގެން މުނިފޫހިފިލުވުވުމުގެ ހަރަކާތްތަކެއް ވެސް ހިމެނޭ ގޮތަށް ފެސްޓިވަލެއް ގޮތުގަ އެވެ.
ނައިޓް މާކެޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައިގެން ގުރުއަތުން ހޮވޭ މީހުންނަށް އަގުހުރި އިނާމުތަކެއް ދިނުމަށްވެސް ސްކައި ލައިޓުން ވަނީ ނިންމާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް