ads
ޖަޕާނަށް ބިންހެލުން އައިވަގުތު ފެނުނު އަލިގަނޑު
ޖަޕާނަށް އައި ބިންހެލުން އައި ވަގުތު އުޑުމަތިން ފެނުނު އާދަޔާ ހިލާފު އަލިގަނޑު
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައި ވަގުތު އެ ގައުމުގެ އުޑުމަތިން އާދަޔާ ހިލާފު ގަދަ އަލިގަނޑެއް ފެނިގެން އެ ވާހަކަ ދެކެވެން ފަށައިފި އެވެ.
Advertisement

ބިންހެލުން އައި ވަގުތު ނަގާފައިވާ ކަމަށް ބުނާ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، މިއީ "އާތުކުއޭކް ލައިޓްސް" ނުވަތަ ބިންހެލުން އަންނަ ވަގުތު ފެންނަ އަލިތަކެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މި މަންޒަރު ފެނިފައި ވަނީ ބިންހެލުމުގެ ލޮޅުންތައް އެންމެ ބާރަށް އައި ވަގުތުކޮޅުގަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތު އުޑުމަތިން ނޫކުލައާއި ހުދުކުލައިގެ ގަދަ އަލިގަނޑެއް ފެނިގެން ދެއެވެ. ބައެއް މީހުން ފުރަތަމަ ހީކުރީ މިއީ ވިއްސާރަ ވެގެން އުފެދުނު ވިދުވަރު ކަމަށެވެ. ނަމަވެސް ބިންހެލުން އައި ވަގުތާ މި އަލިކަން ފެނުމާ ދިމާވުމުން، މިއީ އާދައިގެ ކަމެއް ނޫންކަން ވަނީ ފާހަގަކުރެވިފަ އެވެ. މީގެ ކުރިން 2011 ވަނަ އަހަރާއި 2022 ވަނަ އަހަރު ޖަޕާނަށް އައި ބިންހެލުންތަކުގައި ވެސް މިފަދަ އަލިތަކެއް ވަނީ ފެނިފަ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މިފަދަ އަލިތައް ފެނުމަކީ ނިސްބަތުން ނާދިރު ކަމެކެވެ. މި ހާދިސާ ހިނގަނީ ބިންހެލުން އަންނަ ވަގުތު ބިމުގެ އަޑީގައި ހުންނަ ހިލަތަކަށް ކުރިމަތިވާ ފިއްތުންތަކާއި، އުފެދޭ އިލެކްޓްރިކަލް ޗާޖުތަކުގެ ސަބަބުން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ. ބިންހެލުމުގެ ގެއްލުންތަކުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހާމަކުރަމުން އަންނަ އިރު، އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވަނީ އުޑުމަތިން ފެނުނު މި އަލިގަނޑަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް