ads
މުޅި ކޯހުން އެއްވަނަ ހޯދީ އިމްޝާ އަބްދުއްލަތީފް
41 ވަނަ އަސާސީ ތަމްރީނު ކޯހުން 185 ފުލުސް އޮފިސަރުން ދަސްވެނިވެއްޖެ
ފުލުހުންގެ ހިދުމަތާ ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 41ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވައިފި އެވެ.
Advertisement

ފުލުހުންގެ 41 ވަނަ ބެޗުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ނުވަތަ ބެސްޓް އޯލް ރައުންޑްކަން ލިބުނީ، ގދ. ފިޔޯރީއަށް ނިސްބަތްވާ އިމްޝާ އަބްދުއްލަތީފަށެވެ.

އިމްޝާ ފުލުހުންގެ ޚިދުމަތާ ގުޅުނީ، ޑިސެމްބަރު އެކެއް، 2023ގައެވެ. އިމްޝާ 2019ގައި އޯލެވެލް ފުރިހަމަކުރީ، ގއ. ގެމަނަފުށީ ސުކޫލުންނެވެ.

މިދިޔަ އޯގަސްޓް މަހު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ފެށި މި ކޯހުގައި 210 ފުލުހުން ބައިވެރިވި އެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް