ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި
އަމާން ދޯދި ފްލެޓެއްގެ 2 ވަނަ ބުރިން ކުއްޖަކު ވެއްޓިގެން ފަރުވާދެނީ
ހުޅުމާލެ ފޭސް 2ގެ އަމާން ދޯދި 5ގެ ދެ ވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ފަރުވާދޭން ފަށައިފި އެވެ.
Advertisement

ފުލުހުން ބުނީ އެކުއްޖާ ވެެްޓުނުކަން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 11:14 ހާއިރު ކަމަށެވެ. 

އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެެ.

އަމާން ދޯދި ޓަވަރުތައް ބަލަހައްޓާ  އެފްޑީސީން ބުނީ ރޭ ގާތްގަނޑަކަށް 23:00 ހާއިރު، އަމާން ދޯދި ޓަވަރެއްގައި ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ވަނީ ލިބިފައިވާކަމަށެވެ. 

މި ހާދިސާ ހިނގުމާއެކު، އެ ވަގުތު ޑިއުޓީގައި ތިބި މި ކޯޕަރޭޝަނުގެ މުވައްޒަފުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހާލަތު ބަލައި، ކަމާގުޅޭ އިދާރާތަކަށް މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް އެފްޑީސީން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކުން މިހާރު ދަނީ ކުރަމުންކަމަށްވެސް އެފްޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;