ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލަ ތަހުގީގުކޮށް 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި ފުލުހުން އެދުނެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށެވެ.
މި ވައްކަން ރާވާ އެކަމުގައި ހަރަދުކޮށް މޭސްތިރިންގެ ގޮތުގައި ތިބިކަމަށް ފުލުހުން ތުހުމަތު ކުރަނީ މުހައްމަދު ވަހީދާއި އަހުމަދު އާރިފްގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީއެވެ. މި ތިން މީހުންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. މި މީހުންގެ ތެރެއިން އާއްޓޭއާއި ދިގަލި މިހާރު ތިބީ ދޫކޮށްލާފައެވެ.
އެމީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގަން ރޭވުމާއި އެކަމުގައި ބައިވެރިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ދައުލަތުން އުފުލި ދައުވާތަކަށް އާއްޓޭއާއި ދިގަލި ވަނީ އިންކާރުކޮށްފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;