ads
ނައިބް ރައީސް ފައިސަލް ނަސީމް -- ފޮޓޯ: ރައީސް އޮފީސް
ޑްރަގް އެޖެންސީގެ މަސައްކަތްތަކާ ބެހޭ ގޮތުން ނައިބު ރައީސް މަޝްވަރާކުރައްވައިފި
ނޭޝަނަލް ޑްރަގް އެޖެންސީއާ ގުޅުންހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން އެތަނުގެ އިސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ވެރިންނާއެކު ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އޮންލައިންކޮށް ބޭއްވެވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ތަފާތު ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި މުޖުތަމަޢުގައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް މެނޭޖުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި އެނޫންވެސް މުޖުތަމަޢުގައި ތިބި އެންޑީއޭގެ އެހީތެރިކަމާއި ބެލެހެއްޓުންތެރިކަން ބޭނުންވާ ފަރާތްތަކުގެ ކަންކަންމާ ގުޅިގެންވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާއި އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުންފަދަ ކަންކަން މެނޭޖުކުރެވޭ ގޮތާއި އަދި އެކަންކަން މެނޭޖުކުރުމުގައި ހުރި ދަތިތައް ފައިސަލް ވަނީ އޮޅުން ފިލުއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި އަތޮޅުތަކުގައި ހުރި އެންޑީއޭގެ ސެންޓަރުތަކުގައި ވެސް މި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންނާއި އަތޮޅުތަކުން ތަނެއްގައި ކޮވިޑް-19 ގެ ސަބަބުން ފުރަބަންދުގެ ހާލަތުގެ އިޢުލާންކޮށްފިނަމަ އެހާލަތުގައި އެންޑީއޭގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންކަން މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.

މީގެ އިތުރުން ބައްދަލުވުމުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން މެނޭޖުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ކަމާގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުން ކޮވިޑްގެ-19 ސަބަބުން ހާއްސަ ފިޔަވަޅުތައް އަޅާފައިވާ ހާލަތުގައި މުޖުތަމައުގެ ތެރޭގައި ހުރި ތަފާތު މައްސަލަތައް ހައްލުކުރުމުގައި ކަމާގުޅުންހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަފައިވެ އެވެ.

މި ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ އިސްވެރިންގެ އިތުރުން މިނިސްޓާ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސާވިސަސްގެ އާއިޝަތު މުހައްމަދު ދީދީއާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ބައިވެރިވެ ވަދައިގެންނެވެއިރު ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް