މާލޭގައި ކޮންމެ ދުވަހަކުވެސް ހުޅުވާ ލައްޕާ ޕާކުތަކުގެ ތެރޭގައި ސަލްޓަން ޕާކާއި ލޮނުޒިޔާރާތް ޕާކު ހިމެނެ އެވެ. ސަލްޓަން ޕާކާއި ލޮނިޒިޔާރަތް ޕާކު ބަންދުކުރަނީ ރޭގަނޑު 10 ޖަހާއިރުއެވެ. އެހެންނަމަވެސް ދެ ނަމާދު ދޭތެރޭ މިހާރުވެސް މި ދެ ޕާކު ހުންނަނީ ބަންދުކޮށްފައެވެ.
އާންމު ޕާކުތަކަކީ ހިތްހަމަޖައްސާލަން ދާން މިހާރު މާލޭގައި ހުރި ހަމައެކަނި ތަންތަންކަން ފާގަކޮށް އެ ޕާކުތައް ބަންދު ނުކުރަން މިއަދު އޮތް ސިޓީ ކައުންސިލްގެ ބައްދަލުވުމަށް ހުށައެޅުއްވީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސެއިން ފުރުޝާން އެވެ. އޭނާ ހުށައެޅުއްވީ ޕާކުތަކީ ބަންދުކުރަން ޖެހޭ ތަންތަނަށް ނުވުމުން 24 ގަޑިއިރު އެތަންތަން ހުޅުވާފައި ބެހެއްޓުމަށެވެ.
އެހެންނަމަވެސް ކައުންސިލްގެ ބައެއް މެމްބަރުން އެ ހިޔާލާއި ދެކޮޅެވެ. އެގޮތުން 24 ގަޑިއރު ހުޅުވާފައި ބެހެއްޓުމުގެ ބަދަލުގައި ދަންވަރު 13 ޖަހަންދެން ޕާކުތައް ހުޅުވާފައި ބެހެއްޓުމަށް މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ހުށައެޅުއްވިއެވެ. އޭނާ އެގޮތަށް ހުށައެޅުއްވީ 24 ގަޑިއިރު ހުޅުވާފައި ބަހައްޓާ ނަމަ ކުށުގެ ވެއްޓަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެތި ޕާކުތައް އެބަހުރިކަން ފާހަގަކުރައްވަމުންނެވެ.
އެހެންކަމުން ކައުންސިލްގެ ބައްދަލުވުމުން މިއަދު ފާސްކުރީ މާލޭގައި ހުޅުވާ ލައްޕާ ގޮތަށް ހުރި ހުރިހާ ޕާކުތައް ފަތިހު 5:30 އިން ދަންވަރު 12 ޖަހަންދެން ހުޅުވާފަ ބަހައްޓާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;