ކުދިންގެ ނަފްސާނީ ދާއިރާގެ މަޝްހޫރު ތަޖުރިބާކާރެއް ކަމަށްވާ ޑރ. ކޯނީ ހެޕްނާ ވިދާޅުވީ، ކުދިން ގޮތްދޫނުކުރުމަކީ ހަގީގަތުގައި އެކުދިންގެ އަމިއްލަ މިނިވަންކަން ދައްކަން ކުރާ ކަމެކެވެ.
އެހެންކަމުން މިއީ ކުއްޖާ ގަސްތުގައި ކުރާ ނުބައި ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ އެވެ.
މީގެ އިތުރުން، މިހާރުގެ ކުދިންގެ އުޅުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ ސްކްރީން ޓައިމް ނުވަތަ ފޯނާއި ޓެކްނޮލޮޖީއަށް ދެވޭ ވަގުތު އިތުރުވުމެވެ. ކުދިންގެ ތަރުބިއްޔަތާއި އުޅުމާ ބެހޭގޮތުން ލިޔުންތައް ލިޔުއްވާ މަޝްހޫރު މުސައްނިފު އެމީ މޯރިން ވިދާޅުވީ، ސްކްރީންތަކުގެ ސަބަބުން ކުދިންގެ ކެތްތެރިކަން ކުޑަވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ދުނިޔޭގެ މަޝްހޫރު ޗައިލްޑް ސައިކޮލޮޖިސްޓް ޑރ. ލައުރާ މާކަމް ވިދާޅުވީ، ކުދިން ގޮތްދޫނުކޮށް ރުޅިއަންނަ އަސްލު ސަބަބަކީ ބެލެނިވެރިންނާ އޮންނަ ގުޅުން ކުޑަވުން ކަމަށެވެ.
އެހެންކަމުން، ކުދިން މާ ގޮތްދޫނުކޮށް އުޅޭނަމަ ހަރުކަށި އަދަބުދީ މައްސަލަ ބޮޑުކުރުމުގެ ބަދަލުގައި، އެކުދިންނަށް ވަގުތުދީ ވާހަކަދެއްކުން މުހިންމެވެ. ކުދިންގެ އިހުސާސްތައް އަޑުއަހައި، ލޯތްބާއެކު ކަންކަން ވިސްނައިދިނުމަކީ މިހާރުގެ ކުދިންގެ އުޅުން އިސްލާހުކުރުމަށް އޮތް އެންމެ ރަނގަޅު ހައްލެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;