އެ ގައުމަށް ބިންހެލުންތައް އައިސްފައި ވަނީ ރާއްޖެ ގަޑިން ރޭ ދަންވަރުގެ ވަގުތެއްގައެވެ. މިގޮތުން އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ ((ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި 7.2 މެގްނެޓިއުޑް ބާރުމިނުގައި އެ ގައުމަށް ފުރަތަމަ ބިންހެލުން އައިސްފައި ވަނީ ކަރަކާސްގެ ހުޅަނގުން ގާތްގަނޑަކަށް 284 ކިލޯމީޓަރު ދުރުގައި އޮންނަ ސެން ފެލިޕޭ ކައިރިއަށެވެ.
އޭގެ 40 ސިކުންތު ފަހުން ދެވަނަ ބިންހެލުން އައިސްފައި ވަނީ ވެރިރަށުގެ ހުޅަނގުން ގާތްގަނޑަކަށް 293 ކިލޯމީޓަރު ދުރުގައި އޮންނަ ޔޫމާރޭ ކައިރީގައި 7.5 މެގްނިޓިއުޑްގެ ބާރުމިނުގަ އެވެ.
މި ހާދިސާގައި މަރުވި މީހުންގެ އަދަދު 10،000 އާއި 100،000 އާ ދެމެދަށް އުފުލުން އެކަށީގެންވާ ކަމުގައި އެ އިދާރާއިން ލަފާކުރެ އެވެ. ބިންހެލުމާ ގުޅިގެން ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރީގޭޒް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވައި، ބައިނަލްއަގުވާމީ އެހީއަށް އެދިވަޑައިގަންނަވާނެ ކަމުގައި ވިދާޅުވެފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ ވެނެޒުއޭލާގެ ގައުމީ ބަންދު ދުވަހަކާ ދިމާކޮށެވެ. ޖޫން 24 އަކީ 1821 ވަނަ އަހަރު ސްޕެއިންގެ އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ސިމޯން ބޮލިވާރު ހޯއްދެވި ކާމިޔާބީ ފާހަގަކުރާ "ބެޓްލް އޮފް ކަރަބޯބޯ" ދުވަ ހެވެ. އެހެންކަމުން، އާންމު ދުވަސްތަކާ ޚިލާފަށް ގިނަ ބަޔަކު ތިބީ ގޭގަ އެވެ.
ބިންހެލުމާ ގުޅިގެން ޕުއެތުރެ ރީކޯއާއި ވާޖިން އައިލެންޑްސް ފަދަ ސަރަޙައްދުތަކަށް ނެރުނު ސުނާމީގެ އިންޒާރު، ގަޑިއެއްހާއިރު ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ. ވެނެޒުއެލާއަކީ ކެރީބިޔަން އަދި ސައުތު އެމެރިކަން ޕްލޭޓް ބައްދަލުވާ، ބިންހެލުންތައް ގިނަ ސަރަހައްދެއްގައި އޮންނަ ގައުމެކެވެ. މީގެ ކުރިން 1812 ވަނަ އަހަރު އައި ބާރުގަދަ ބިންހެލުމެއްގައި ވެސް އެ ޤައުމުގެ ކަރާކަސް އާއި މެރިދާއިން 30،000 އެއްހާ މީހުން މަރުވެފައި ވެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;