ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ބޯހިޔާވަހިކަމުގެ މަޝްރޫއުއަށް ނުފޫޒެއް ނުފޯރުވާނަން: ރައީސް
މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ، ނުފޫޒުން އެއްކިބާވެގެން ހިންގޭ މަޝްރޫއެއްކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ނުފޫޒުގަދަ ފަރާތްތަކުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ލިބޭ ގޮތަށް ކަންހިނގާ ވާހަކައަކީ އަބަދުވެސް ދެކެވެމުން އަންނަ ވާހަކަތަކެއް ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އެކަން ނިމުމަކަށް ގެންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެގޮތުން މި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަސައްކަތްތައް މިހާރު ކުރިޔަށްދާކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ވަކި މީހަކަށް ނުވަތަ ވަކި އާއިލާއަކަށް އިސްކަން ލިބޭ ގޮތަށް އެއްވެސް ކަމެއް ހިނގަމުންނުދާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ. 

މި ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ އެންމެހާ ކަންކަމުގައި އުޅޭ ފަރާތްތަކާމެދު އެކަމުގެ އިތުބާރު އެމަނިކުފާނަށް އެބައޮތްކަމަށެވެ. 

މި ސަރުކާރުން ދޭން ނިންމާފައިވާ ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިމަހުގެ 15 ވަނދުވަހުގެރޭ ދަންވަރު ދޭއްޖެހިއިރުއެވެ. ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;