ads
ފުލުހުން މާލޭގައި ކުރިއަށް ގެންދިޔަ ވޯކް އެންޑް ޓޯކް ހަރަކާތެއްްގެ ތެރެއިން.
ފޯއް ކޮތަޅެއްގެ ވެރިފަރާތް ނުފެނިގެން ފުލުހުން ހޯދަނީ
ހޮވައިގެން ގެނެސްފައިވާ ފޯއް ކޮތަޅެއްގެ ވެރިފަރާތް ނުފެނިގެން އެމީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗެވެ. 

ގަލޮޅު ޕޮލިސް

  • ޖޫން 18 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 690703 
  • ޖޫން 21 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ހަރުގަނޑެއް. އިންސިޑެންޓް ނަންބަރު 691046
  • ޖޫން 22 ވަނަ ދުވަހު ސިނަމާލެ ފުލެޓް ކައިރިން ހޮވައިގެން ގެނެސްފައިވާ ލޮއިނަރުތަކެއް ހުރި ދަބަހެއް.. އިންސިޑެންޓް ނަންބަރު 691235
  • ޖޫން 22 ވަނަ ދުވަހު އަމީނީމަގު، ޓްރެފިކް ޕޮލިސް ކައިރިން ހޮވައިގެން ގެނެސްފައިވާ ކޮށާފައިހުރި ފޯއް ކޮތަޅެއް. އިންސިޑެންޓް ނަންބަރު 691406

 ހެންވޭރު ޕޮލިސް

  • ޖޫން 22 ވަނަ ދުވަހު ބޮޑުތަކުރުފާނުމަގު، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން ހޮވައިގެން ގެނެސްފައިވާ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރު 691309 

ހުޅުމާލެ ފޭސް 2 ޕޮލިސް

  •  ޖޫން 17 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 690566

ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތުން ފުލުހުންނަށް ގުޅާ އެ މަސއްސަލަ އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެ ތަކެއްޗާއި ހަވާލުވުމަށްވެސް ފުލުހުން އެދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;