ads
ފައްޔާޒު
21 އަހަރު، ހުދުމުހުތާރު ވެރިކަމުގެ މައްޗަށް ކުރި ހޯދަން އޮތީ ތައްޔާރުވެފައި: ފައްޔާޒު
އެމްޑީޕީއަށް މިއަދު 21 އަހަރު ފުރުނުއިރު އެންމެ އުފާވެރި މަންޒަރަކީ ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރި ހޯދަން ޕާޓީ ތައްޔާރުވެފައިއޮތުކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގެ މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވެ އުފެދުނު އެންމެ ފުރަތަމަ ޕާޓީގެ ގޮތުގައި އެމްޑީޕީ އުފެދި ރަޖިސްޓްރީ ކުރީ 2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަދުވަހުއެވެ. 

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހާއި ގުޅުވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މިއަދު  ޕާޓީން ފެންނަ އެންމެ އުފާވެރި މަންޒަރަކީ ޕާޓީގެ ސަފުތައް ބަދަހިކަމާއެކު ރުކުރުވާލެވިފައިވާ މަންޒަރުކަމަށެވެ. އަދި ހުދުމުހުތާރު ސަރުކާރެއްގެ މައްޗަށް ކުރިހޯދުމަށް އެމްޑީޕީ ތައްޔާރުވެފައި އޮތް މަންޒަރުވެސް ފެންނަކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ރައްޔިތުންގ އުއްމީދުތައް ގުޅިފައިވަނީ އެމްޑީޕީއާ ކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ރާއްޖޭގެ އެންމެ ވަރުގަދަ ސިޔާސީ މުއައްސަސާއަށް  އެމްޑީޕީ ވެފައިވަނީ ހައްގާއި އިންސާފުގެ މަގުގައި ދެމިތިބުމުންކަމަށެވެ.

" ރައްޔިތުންގެ އުންމީދުތައް އަދިވެސް ގުޅިފައި އޮތީ އެމްޑީޕީއާ. މީގެ 21 އަހަރުން ކުރިން ރަސްމީކޮށް މި ޕާޓީން ފެށި އިސްލާހީ މަސައްކަތް ފުރިހަމަކުރުމަކީ ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން ކުރާނެ މަސައްކަތެއް. އެމްޑީޕީގެ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް." ފައްޔާޒު ވިދާޅުވިއެވެ.

your imageއެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ކޭކުފެޅުމުގެ ތެރެއިން

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެޕާޓީން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;