ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ހުއްޓުމެއްނެތި ކުރަމުންދާއިރު، އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ރަސްމީ ފަރާތްތަކުން ލަފާކުރެ އެވެ.
މިއީ ފާއިތުވި 123 އަހަރުތެރޭ އެ ގައުމަށް ކުރިމަތިވި އެންމެ ހިތާމަވެރި ގުދުރަތީ ކާރިސާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު ވަނީ 1،430 އަށް އަދި ޒަހަމްވި އަދަދު މަދުވެގެން 3،238 އަށް އިތުރުވެފަ އެވެ.
ގެއްލިފައިވާ މީހުންގެ އަދަދު 68،900 އަށް ވުރެ މައްޗެވެ. އޮފިޝަލުން ބުނާ ގޮތުގައި، ހާލުގައި ޖެހުނު 3،142 އާއިލާއެއް ވަގުތީ ހިޔާތަކަށް ވަނީ ގެންގޮސްފަ އެވެ. މި ކާރިސާގައި ޖުމްލަ މަރުވި މީހުންގެ އަދަދު 10،000އަށް ވުރެ މައްޗަށް ދިއުން އެކަށީގެންވެ އެވެ. މިއާ އެކު، މިއީ ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ލެޓިން އެމެރިކާއަށް އައި އެންމެ ނުރައްކާތެރި އެއް ކާރިސާއަށް ވުމުގެ ފުރުސަތު އެބައޮތެވެ.
ވެނެޒުއޭލާގެ ރެޑް ކްރޮސްގެ މައި އިމާރާތަށާއި ފަރަންސޭސި އެމްބަސީއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މި ކާރިސާގައި މަރުވި މީހުންގެ ތެރޭގައި ޗައިނާގެ ދެ ރައްޔިތަކު ވެސް ހިމެނޭ ކަމަށް ވެނެޒުއޭލާގައި ހުންނަ ޗައިނާ އެމްބަސީން ވަނީ ކަށަވަރުކޮށްދީފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;