ads
އީސީއަށް ޝަކީލް އައްޔަންކޮށް ފަތްކޮޅު އަރުވަނީ
އީސީގެ ރައީސަކަށް ޝަކީލް އައްޔަން ކުރަނީ
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް އެ ކޮމިޝަނަށް ދާދި ފަހުން އައްޔަން ކުރެއްވި މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ.
Advertisement

ކުރިން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނަށް އައްޔަންކުރީ މިމަހުގެ 24 ވަނަ ދުވަހުއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ. 

އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކޮށްފައި ވަނީ އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ކުރުިން ހުންނެވި މުހައްމަދު ޒާހިދު މަގާމުން ކުއްލިއަކަށް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުން ސަރުކާރަށް ނާކާމިޔާބީ ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވަނީސްއެވެ. 

މި ސަރުކާރުންވެސް ޝަކީލް އީސީއަށް އައްޔަންކޮށްފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައިވެސް އީސީގެ މެމްބަރުކަން ޝަކީލް ވަނީ ކުރައްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;