ads
ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާ -- ފޮޓޯ: އޭއެފްޕީ
މި އަހަރު ހަސީނާ އެނބުރި ގައުމަށް ވަޑައިގަންނަވަނީ
މިި އަހަރުގެ ތެރޭގައި އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގައި ހުންނެވި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަަސީނާ ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރާ ދެކޮޅަށް ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ ހަސީނާ އިސްތިއުފާ ދެއްވުމަށް ފަހު ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. އުމުރުން 76 އަހަރުގެ ހަސީނާ ބަންގްލަދޭޝް ދޫކޮށް ވަޑައިގެން ފަހުން އާންމުންގެ ތެރެއިން އަދި ނުފެނެ އެވެ. އިންޑިއާއިން ހަސީނާއަށް ހިމާޔަތް ދޭތީ އެކަމުގެ ހިތްހަމަނުޖެހުން ބަންގްލާދޭޝްގައި އޮތް އިރު މިހާރު ވަނީ ހަސީނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ވެސް ކެންސަލްކޮށްފަ އެވެ.

އެކަމަނާ އިންޑިއާގައި ދާއިމަށް ހުންނެވުމަކީ ބަންގުލާދޭޝްގެ އާ އިންތިގާލީ ސަރުކާރާ އެކު މަސައްކަތް ކުރުމުގައި ދިއްލީއަށް އޮތް ގޮންޖެހުމެކެވެ. ބަންގްލަދޭޝްގެ ގިނަ ބަޔަކު ރުޅި އަންނަނީ އިންޑިއާ އިން އޭނާއަށް ހިމާޔަތްދޭތީ އެވެ.

ހަސީނާގެ މައްޗަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ މަރުގެ ހުކުމް ވެސް އިއްވައިފަ އެވެ. އަދި އޭނާގެ ކުރީގެ ސިޔާސީ ޕާޓީ، އަވާމީ ލީގުގެ ހަރަކާތްތައް ވެސް މިހާރު ވަނީ ގާނޫނާ ހިލާފު ސިޔާސީ ހަރަކާތެއްގެ ގޮތުގައި މަނާކޮށްފަ އެވެ. 

ހަސީނާގެ މައްޗަށް ހުކުމް އައީ އޭނަގެ ސަރުކާރާ ދެކޮޅަށް ނުކުތް ބަންގްލަދޭޝް ޔުނިވަސިޓީތަކުގެ ދަރިވަރުން ކުރިއަށް ގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި 1،400 އެއްހާ މީހުން މަރާލާފައިވާތީ އެވެ. އެ މުޒާހަރާތަކުގައި ގިނަ ބަޔަކު މަރުވީ ހަސީނާގެ އޯޑަރަށް މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ސަލާމަތީ ބާރުތައް ނެރެ، ހިނގި ކުރިމަތިލުންތަކުގެ ތެރޭގަ އެވެ.

އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަސީނާ ވިދާޅުވީ، މަރަށް ބިރުނުގަންނަ ކަމަށާއި، އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނާ ހިލާފު، ގާނޫނުއަސާސީއާ ހިލާފު އަދި ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ކަމެއް ކަމަށެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް އެ ގައުމުގެ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ބަންދުކުރުމާއި ސިޔާސީ ވާދަވެރިން އެކި ގޮތްގޮތުން މެރުން ހިމެނެ އެވެ. 

އދ ގެ ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި އެ އަހަރު ކުރި މުޒާހަރާތަކުގައި 1،400 އާ ހަމައަށް މީހުން މަރުވެފައިވާއިރު، ގިނައީ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުން މަރުވި މީހުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;