ads
މޯލްޑިވިއަން
ސްކޫލް ޗުއްޓީއަށް ރަށަށް ދާނަންތަ، މޯލްޑިވިއަނުން 2000 ވުރެ ގިނަ ދަތުރު ބާއްވަނީ
ކުރިއަށް އޮތް، ސްކޫލްތަކުގެ ފުރަތަމަ ޓާމް ޗުއްޓީއާ ދިމާކޮށް އެތެރޭގެ އުދުހުންތައް އިތުރުކުރާނެކަން، ގައުމީ އެއާލައިން މޯލްޑިވިއަންއިން ބުނެފިއެވެ.
Advertisement

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ ފުރަތަމަ ޓާމް ޗުއްޓީއަށް އަންނަމހުގެ 17 އިން އޮގަސްޓް އެކެއްގެ ނިޔަލަށް ސްކޫލްތައް ބަންދުވާނެއެވެ. 

ސްކޫލް ޗުއްޓިއާ ދިމާކޮށް އެތެރޭގެ އުދުހުންތައް އިތުރުވާތީ މި ޗުއްޓީގައި މޯލްޑިވިއަން އިން އެތެރޭގެ ދަތުރުތައް އަންނަ މަހުގެ 10ވަނަ ދުވަހުން އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރާނެކަން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

މޯލްޑިވިއަނުން ބުނީ ސްކޫލް ޗުއްޓީ ދުވަސްވަރު 320އަށް ވުރެ ގިނަ ފްލައިޓް ދަތުރުތައް އިތުރުކުރާނެ ކަމަށާއި އެއީ 18،000 ސީޓުގެ އިތުރުވުމެއް ކަމަށެވެ. އިތުރުކުރާ ދަތުރުތަކާއެކު، ޗުއްޓީ ތެރޭގައި 2،000އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް އޮންނާނެކަމަށާއި އެއީ ގާތްގަނޑަކަށް 110،000 ސީޓުކަންވެސް މޯލްޑިވިއަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;