ads
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޙައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް: އޭނާ ވިދާޅުވީ އޭރު އިސްތިއުފާދެއްވީ މިނިވަންކަމާއެކީ މަސައްކަތްކުރެވޭނެ މާހައުލެއް ނެތުމުން ކަމަށް - ފޮޓޯ: މަޖިލިސް
އީސީގެ ރައީސަކަށް ޝަކީލް އައްޔަންކުރަން ރުހުން ދީފި
ސަރުކާރު ހިންގާ ޕީއެންސީގެ ރަޖިސްޓްރާގެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
Advertisement

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަހްމަދު ޒިޔާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި ޝަކީލް، އީސީގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ އިއްޔެ އެވެ. އަދި ރައީސް އެދިވަޑައިގެންނެވި ގޮތަށް އެ މަގާމަށް އޭނާއަށް ރުހުން ދޭން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ނިންމާފަ އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އެހުމުން، ޝަކީލް އެ މަގާމަށް އައްޔަން ކުރަން ރުހުން ދީފައިވަނީ 51 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިމަހުގެ 23 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައެވެ. އޭނާ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރީ މިމަހުގެ 24 ވަނަ ދުވަހު އެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;