ads
ހިމަބިހި ޖެހިފައިވާ ކުއްޖެއް
ހިމަބިހި ކޮންޓްރޯލެއް ނުވޭ، މިވަގުތު އެކްޓިވް 13 ކޭސް!
ވޭތުވެދިޔަ ހަފުތާގައި ހިމަބިހީގެ 44 ކޭސް ދެނެގަނެވިފައިވާ ކަމަށާއި، އަދަދު އިތުރުވީ ޓެސްޓު ކުރި އަދަދު އިތުރުވުމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނެފި އެވެ.
Advertisement

އެޗްޕީއޭއިން ހާމަކުރި މައުލޫމާތަށް ބަލާއިރު މިއަހަރުގެ މިހާތަނަށް މީސަލްސްގެ 66 ކޭސް ވަނީ ފެނިފަ އެވެ. މިދިޔަ ހަފުތާގައި 44 ކޭސް ރެކޯޑްކުރި ނަމަވެސް، މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 13 އެވެ. 

ހިމަބިހި ޖެހުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ، 15 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ އެކްޓިވް ކޮންޓެކްޓުގެ އަދަދު 258އަށް އަރަ އެވެ.

ހިމަ ބިއްސަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިމަބިހި ޖެހެނީ "މީސްލްސް ވައިރަސް"ގެ ސަބަބުން ނެވެ. މިއީ ޕެރަމިކްސޯ ވައިރަސްގެ ތެރޭގައި ހިމެނޭ "މޯބިލިވައިރަސް"ގެ ވައްތަރެކެވެ. ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. 

ހިމަބިހީގައި، އާއްމު ބަލިތަކުގައި ވެސް ފެންނަ އަލާމާތްތައް ހުއްޓަސް، އެ ހާލަތު ސީރިއަސްވެ، މީހާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެ އެވެ. އޭގެ ތެރޭގައި ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ހިމެނެ އެވެ. 

ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، މީހުންގެ ތެރެއަށް ނުގޮސް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.

ހިމަބިހީގެ އަލާމަތްތައް:

- ހުން އައުން.

- ހަމުގައި ރަތް ބިހިތަކެއް ނެގުން.

- ކެއްސުން.

- ނޭފަތުން އަރިދަފުސް ފޭބުން.

- ލޯ ރަތްވުން.

މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

މި ދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި އަވަށްޓެރި ގައުމުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;