ads
މިދިޔަ އަހަރުގެ މިނިވަންދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތްތަކުގެ ތެރެއިން
މިދިޔަ އަހަރު މިނިވަންދުވަސް ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ހަރަދުކުރި
މިދިޔަ އަހަރު މިނިވަންދުވަސް ފާހަގަކުރަން ދައުލަތުން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ އަހަރު ފާހަގަކުރީ ދިވެހިރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުމުގެ މުނާސަބަތެވެ. އެދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް މިނިސްޓްރީން ވަނީ ހިންގާފައެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ރައްޔިތުން މަޖލީހުގައި މިއަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ހިނާ ވަލީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަން ހިންގި ހަރާކާތްތަކަށް 4.1 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވާކަމަށެވެ. މިނިވަންކަމަށް 60 އަގަރު ފުރުނު އެ މުނާސަބތުގައި ހިންގި ހުރިހާ ހަރަކާތެއްވެސް ހިންގާފައިވަނީ ވެރިރަށް މާލޭގައިކަމަށާއި ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއްގައި މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން އެއްވެސް ހަރަކާތެއް ހިންގާފައި ނުވާކަމަށްވެސް ހީނާ ވަލީދު ވިދާޅުވިއެވެ. 

ދިވެހިރާއްޖެ މިނިވަންވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބައިވެރިވުމަށް އަވައްޓެރި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ވަނީ ރާއްޖެ ވަޑައިގެންފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;