ads
ކުރީގެ ރައީސް އަބްދު ﷲ ޔާމީން
ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ: ސުޕްރީމް ކޯޓުން
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
Advertisement

ވ. އާރަށް މައްސަލާގައި ޑިސެންބަރު 25، 2022 ގައި ދަށު ކޯޓުން ވަނީ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ދަށު ކޯޓްގެ ނިންމުނ ބާތިލުކޮށް މައްސަލަ އަލުން ބަލަން އަންގާފައެވެ. ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުވީ މި މައްސަލައާ ގުޅިގެންނެވެ. 

އާރަށް މައްސަލާގައި ރައީސް ޔާމީންނާއި ދެކޮޅަށް އާ ހެކިތަކެއް ހުށައެޅީ ދައުލަތުގެ ފަރާތުންނެވެ. އެ އާ ހެކިތަކަކީ ދަށު ކޯޓުގައި ޝަރީއަތް ހިންގި އިރު ދިފާއީ ހެކިން ދިން ހެކިބަހުގައި ދޮގުތަކެއް ހިމެނޭކަން ސާބިތުކުރަން ހުށަހެޅި ހެކިތަކެއްކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

އެ މައްސަލަ ނިންމާ މިއަދު ސުޕްޜީމް ކޯޓުން ކުރި ހުކުގައި ބުނެފައިވަނީ ހައި ކޯޓުގައި އެ ނުކުތާ ހުށަހެޅުމުގެ ހައިސިއްޔަތެއް ނުވަތަ ފުރުސަތެއް ނުލިބޭ ކަމަށް ކަމަށް ދައުލަތުން ބުނާ ވާހަކާގައި އެއްވެސް ބުރަދަނެއް ނެތްކަމަށެވެ. އަދި އާ ހެކިތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ހިންގި އިޖުރާއަތުގައި އައިބެއް އުޅޭނަމަ އެ ކަމެއް ހައި ކޯޓުގައި ފާހަގަކޮށްދިނުމަކީ ދައުލަތަށް ކުރެވެން އޮތް ކަމެއްކަމަށާއި އަދި އެކަން ފާހަގަކުރުމާއި ހޯދުމަކީ ކޯޓުގެ މައްޗަށް އޮތް ޒިންމާއެއް ނޫންކަމަށެވެ. 

މީގެއިތުރުން ދަށު ކޯޓުގައި ހުށަނާޅާ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓުތަކުގައި ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރުގައި ވެސް އެ ފަދަ ނުކުތާއެއް މަތީ މަރުހަލާގެ ކޯޓަކުން ބެލޭނީ ދަށު މަރުހަލާގެ ކޯޓުގައި އެ ނުކުތާއެއް ހުށަހެޅުމުގެ އެއްވެސް ފުރުސަތެއް ނެތުމުންކަމަށްވެސް ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗަކުން ބެެއްލެވި މައްސަލައިގެ ހުކުމުގައިވެއެވެ. 

މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ބެންޗުގައި ރިޔާސަތުގައި އިންނެވީ  ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. ދެން ތިއްބެވީ ނޑިޔާރުން ކަމަށްވާ އަބްދުﷲ ހަމީދާއި ޑރ. މުހައްމަދު އިބްރާހީމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;