ads
ދިރާގު ސީއީއޯ އިސްމާއިލް ރަޝީދު
ދިރާގުގެ ސީއީއޯ އިސްމާއީލް ރިޓަޔާކުރައްވަނީ އާ ސީއީއޯއަކަށް ބޭރު މީހެއް
ދިވެހިރާއްޖޭގެ ގުޅުން ޕލކ (ދިރާގު)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު، ރިޓަޔާކުރެއްވުމަށް ނިންމެވުމުން ދިރާގުގެ ވަގުތީ ސީއީއޯ އިއުލާންކޮށްފިއެވެ.
Advertisement

ދިރާގުން ބުނީ އިސްމާޢިލް ރިޓަޔާކުރައްވަން ނިންމުމާއި ގުޅިގެން, ސައުތު އެފްރިކާގެ ރައްޔިތެއް ކަމަށްވާ ވަލްޑެމާ ފެރަޑާޒް ވަނީ ދިރާގުގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑެޒިގްނޭޓްގެ ގޮތުގައި ކުންފުންޏާ ގުޅިވަޑައިގެންފައިކަމަށެވެ. އެ މަގާމަކީ ދިރާގުގެ މައި ހިއްސާދާރު ބިޔޮން އިން އައްޔަންކުރާ މަގާމެކެވެ. 

އައު ޗީފް އެގްޒެކެޓިވް އޮފިސަރު ހޯދުމުގެ މަސައްކަތް ލީޑުކުރީ ބިޔޮން އިން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ރެމިއުނަރޭޝަން، ނޮމިނޭޝަން އެންޑް ގަވަނަންސް ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ދިރާގުން ބުނެއެވެ.

ޓެލެކޮމިއުނިކޭޝަންސް ދާއިރާގައި ކޭބަލް އެންޑް ވަޔަލެސްއިން ކެރިއާ ފެއްޓެވި އިސްމާއިލް ވަނީ 1988 ވަނަ އަހަރު ދިރާގު އުފެދުނިއިރު އޮތް ފުރަތަމަ ޓީމުގައިވެސް ހިމެނިވަޑައިގަންނަވައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;