މިޞްރު ގަދަ 16 އަށް ދަތުރުކުރީ 32 ޓީމްގެ ބުރުގައި އޮސްޓްރޭލިޔާއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެހާފްގައިވެސް 1-1 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި މިސްރު ކުރި ހޯދީ 4-2 ނެވެ.
އެމެރިކާގެ ޓެކްސަަސްގައި އޭޓީއެންޑްޓީ ސްޓޭޑިއަމްގައި ކުޅުނުމެޗުގެ ކުރީކޮޅު މިސްރުން ވަނީ ލީޑު ނަގާފަ އެވެ.
މެޗުގެ 13 ވަނަ މިނެޓުގައި ކަރީމް ހާފިޒް ތަނަވަސްކޮށްދިން ފުރުސަތަކުން މިސްރުގެ މިޑްފީލްޑަރު އިމާމް އަޝޫރު ވަނީ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ލީޑް ހޯދައިދީފަ އެވެ.
ނަމަވެސް، މެޗުގެ ދެވަނަ ހާފުގައި އޮސްޓްރޭލިއާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލަކީ މިސްރުގެ މުހައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ޕެނަލްޓީއަށް ދިއުމުގެ ކުރިން އިތުރު ވަގުތުގެ އެންމެ ފަހުވަގުތު އޮސްޓްރޭލިޔާގެ ކޯޗު ޓޯނީ ޕޮޕޮވިޗް ވަނީ މުބާރާތުގައި މޮޅަށް ކުޅުނު ކީޕަރު ބީޗްގެ ބަދަލުގައި ޕެނަލްޓީއަށް ރަޔަން އަރުވާފަ އެވެ. އެކަމަކު އޭނާއަށް އެއްވެސް ޕެނަލްޓީއެއް މަތަ ނުކުރެވުނެވެ.
މިސްރުން ހަތަރު ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ. ޝޫޓްއައުޓްގައި ފުރަތަމަ ޕެނަލްޓީ ޖެހީ އޮސްޓްރޭލިޔާއިންނެވެ. އެކަމަކު ކެޕްޓަން ހެރީ ސޯޓާ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޮސްޓްރޭލިޔާގެ ހަތަރުވަނަ ޕެނަލްޓީ ޖެހީ 19 އަހަރުގެ ލުކަސް ހެރިންޓަން އެވެ. އޭނާ ޖެހި ޕެނަލްޓީ މިސްރު ކީޕަރު މަތަކޮށް، ހުސާބް އަބްދެލްމަގީދު ޖެހި ޕެނަލްޓީ ކާމިޔާބުކުރުމުން މިސްރަށް ފުރަތަމަ ފަހަރަށް ގަދަ 16 އިން ޖާގަ ލިބުނެވެ.
މި މޮޅާއެކު މިސްރުން ގަދަ 16 ގެ ބުރުގައި ވާދަކުރަން ޖެހޭނީ، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކޭޕް ވާޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;