ads
އިބްރާހީމް ފަޒީލް
އޮއްޕުގެ ކުންފުންޏަށް، ކުއްޔެއް ނެތި 25 އަހަރަށް 2700 އަކަފޫޓުގެ ބިމެއް
ކުރީގެ އެއްވަނަ ފުޓްބޯޅަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް، އޮއްޕުގެ ކުންފުންޏެއް ކަމަށްވާ ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑަށް، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރަށް 2700 އަކަފޫޓުގެ ބިމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުން ދީފައިވާކަން އެނގިއްޖެ އެވެ.
Advertisement

2017 ވަނަ ދުވަހުންފެށިގެން 50 އަހަރުގެ މުއްދަތައް ފީފާގެ ފޯވާޑްސްގެ ޕްރޮޖެކްޓްސް ހިންގުމަށް ހާއްސަކޮށްގެން ސަރުކާރުން ފުޓްބޯޅަ އެސޯސިއޭޝަންއަށް ދޫކޮށްފައިވާ މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި، ފީފާއިން ޚަރަދުކޮށްގެން ހަދަމުންދިޔަ އިމާރާތުގެ އިރުން، 2700 އަކަފުޓޫގެ ބިމެއް އޮއްޕުގެ ކުންފުންޏަށް ދީފައިވާކަން އެނގުނީ އެ ބިން ހުސްނުކޮށްގެން އެ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެފްއޭއެމްގެ އެކްސްކޯއިން ނިންމައި އެކަން މިއަދު ހާމަ ކުރުމަށް ނެރުނު ބަޔާނުންނެވެ.

މި ބަޔާނުގައިވާ ގޮތުގައި އެ ބިން ހުސްކުރުމަށް ތަކުރާރުކޮށް އެންގުމުންވެސް ބިން ހުސްކުރުމަށް އެ ކުންފުނިންވަނީ ދެކޮޅު ހަދައިފައެވެ. އެކުންފުނިން ސްޓޭޑިއަމްގެ ބިން ހުސްނުކުރުމުން ގާނޫނީ ފިޔަވަޅު އަޅަން އެފްއޭއެމްގެ އެކްސްކޯއިންވަނީ ނިންމައިފައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ރަޖިސްޓްރީގައިވާ ގޮތުން، ފިއުޗަރ ހޯމްސް ޕްރައިވެޓް ލިމިޓެޑަކީ ކުރީގެ އެއްވަނަ ކުޅުންތެރިޔާ، އިބްރާހީމް ފަޒީލް – އޮއްޕުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ކުންފުންޏެކެވެ. މި ކުންފުނީގެ އެޑްރެހަކަށް އޮއްޕުގެ އެޑްރެސް އޮތްއިރު ކުންފުނީގެ ޑިރެކްޓަރުންނަށް ތިބީ އޮއްޕޮގެ އިތުރުން ފާތިމަތު ފަޒީލާ ކިޔާ އަންހެނެކެވެ.

އެފްއޭއެމުން ބުނި ގޮތުގައި މާފަންނު ސްޓޭޑިއަމްގެ ސަރަހައްދުގައި އޮއްޕުގެ ކުންފުނިންވަނީ 2700 އަކަ ފޫޓްގެ ބިމުގައި، ޑެގް އަޅައިގެން ދެބުރިއަށް ގުދަނެއް ހަދައިފަ އެވެ. އެ ގުދަން، 25 އަހަރަށް ދޫކޮށްފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށް އެފްއޭއެމުން ބުންޏެވެ. އެއީ، އެ ސަރަހައްދުން ކުނި އުކައި ސާފު ކުރުމަށް 1.8 މިލިއަން ރުފިޔާ އެފްއޭއެމަށް ދިނުމުން އެކަމުގެ ބަދަލުގައި ކަމަށް ބުނެފައިވީނަމަވެސް، 1.8 މިލިއަން ރުފިޔާގެ ކުނި އުކުމާއިބެހޭގޮތުން އެފްއޭއެމްއާއިއެކު އެއްބަސްވުމެއް ހަދާފައެއް ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

މީގެ އިތުރުން 2700 އަކަފޫޓްގައި އިމާރާތްކޮށްފައިވަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، އަދި މާލޭ ސިޓީކައުންސިލް އެއްވެސް ހުއްދައެއް އަދި ކުރެހުމެއް ފާސްކުރުމަކާއި ނުލައިކަމަށް އެ އިދާރާތަކުން އެފްއޭއެމްއަށް އަންގާފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;