ވެރިކަން ކުރާ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މި އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވާނެ ކަމަށެވެ. މި އިންތިހާބުގައި 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެ އެވެ.
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ކޮންގްރެސް ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕާޓީގެ ޕޯޓަލްގެ ތެރެއިން މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު ރީ-ރަޖިސްޓްރޭޝަނަސް ވެސް ޕާޓީން މިހާރު ވަނީ ހުޅުވާލާފަ އެވެ.
އިންތިހާބަށް ކުރިމަތިލުމަށް ހުޅުވައިލި މުއްދަތު މިދިޔަ މަހު 30އަށް ހަމަވެފައިވާއިރު، 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށް ދާނެ ކަމަށާއި އެ ދާއިރާތަކަށް 2،500 އަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، ޕާޓީގެ ކޮންގްރެސް އޮންނާނީ ސެޕްޓެމްބަރު 15-18 އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;