ads
ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވަނީ
ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި
ފަށާ ތައުލީމު މަރުހަލާގެ ފޮތް ސެޓެއް ނެރެފި އެވެ.
Advertisement

މި ފޮތް ނެރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއީ ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫއެއް ކަމަށެވެ. 

އަދި މިއީ 2021 ގައި ފެށި މަޝްރޫއެއްކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫއުގައި ބޭބީ ނާސަރީ، ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭނެކަމަށެވެ.

މި މަރުހަލާތަކުގައި ގައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަހުލާގާއި އަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

"އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރެވުނު މި ފޮތް ސެޓް، އަަޅުގަނޑުމެންގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕާ މަރިޔަމް ޝަޒްނާ އެވެ. ގުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި އާބިދާ މިސް ބައިވެލެއްވިއެވެ. ބޭބީ ނާސަރީގެ އަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސްއެވެ. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ހަދީޖާ އަބްދު ﷲ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ފޮތްތައް މުރާޖިއާކުރެވުނީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އެއިގެ ތެރޭގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޒް މުހައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެ އެވެ.

މިއަދު ނެރުނީ ބޭބީ ނާސަރީގެ 16 ފޮތެވެ. ބާކީ 49 ފޮތް ލިޔެ ނިންމާފައި ވާއިރު މިހާރު ކުރަމުންދަނީ ނެރުމުގެ މަސައްކަތް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ. 

މި ފޮތްތައް އެކުލަވައިލެވިފައިވަނީ ބެލެނިވެރިންނަށް ވެސް ގޭގައި ދަރީންނަށް ކިޔަވައި ދެވޭ ގޮތަށާއި ފައުންޑޭޝަން މަރުހަލާގައި ޕްރީ ސްކޫލުތަކުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;