ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗެއްގައި ބްރެޒިލް ބަލިކޮށް ނޯވޭ ގަދަ އަށަކުން ޖާގަ ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބްލެޒިލަށް ޖެހުނު ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނޭމާއެވެ. އޭނާ އެލަނޑު ޖަހާފައިވަނީ މެޗު ނިމެނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.
ރޭގެ މެޗުން ބަލިވުމުން ނޭމާ ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ.
ރޭގެ މެޗުން ބްރެޒިލް ބަލިވުމުން މީ 1990 ވަނަ އަހަރަށް ފަހު ބްރެޒިލް މުބާރާތުގެ ކުއާޓާފައިނަލަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ. އަދި މީ ނޯވޭއިން ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރުވެސް މެއެވެ.
ވާދަވެރި ކުޅެމެއް ފެނުނު މެޗުގެ ނޯވޭ ލީޑް ނެގީ 79 ވަނަ މިނެޓުގައެވެ. އެއީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އެންޑްރިއަސް ސެލްޑަރަޕް ނަގައިދިން ހުރަހަކުން ހާލަންޑް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލި ހިތްގައިމު ލަނޑާއެކުއެވެ. އޭގެ ފަހުން މެޗުގެ 89 ވަނަ މިނެޓުގައި ހާލަންޑް އޭރިއާ ބޭރުން ފޮނުވާލި މި ބާރު ހަމަލާ ގޯލް ކަނަށް ވައްދާލައިގެން ލީޑް ފުޅާކުރިއެވެ.
މެޗުގައި ބެރެޒިލް ޖެހި ހަމައެކަނި ގޯލް ޖެހީ ލިބުނު ޕެނަލްޓީއަކުން ނޭމާއެވެ. އޭއީ ކާލޯސް ކަސެމީރޯ އަށް ނޯވޭގެ ލިއޯ އޮސްޓިގާޑް ފައުލް ކުރުމުން ބްރެޒިލަށް ލިބުނު ޕެނަލްޓީއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;