ads
ލަންކާ ޖަލެއްގައި ބޮޑު ހަމަނުޖެހުމެއް، ފަސް އޮފިސަރުން ހިމެނޭހެން 25 މީހަކު މަރު!
ލަންކާ ޖަލެއްގައި ބޮޑު ހަމަނުޖެހުމެއް، ފަސް އޮފިސަރުން ހިމެނޭހެން 25 މީހަކު މަރު!
ސްރީލަންކާގެ ޖަލެއްގައި އިއްޔެއިން ފެށިގެން ހިންގަމުންދިޔަ ބޮޑެތި ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ ފަސް އޮފިސަރުން ހިމެނޭހެން 25 މީހަކު މަރުވެއްޖެ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
Advertisement

ލަންކާ ނޫސްތަކުން މިއަދު ބުނީ މި ހަމަނުޖެހުން ހިންގާފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ނެގަމްބޯގެ ޖަލުގައެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ޖަލުގެ އޮފިޝަލުންނާއި ގައިދީން ހިމެނެ އެވެ. 

ޖަލުގެ އޮފިޝަލުންގެ އިތުރުން ފުލުހުންނާއި ސްޕެޝަލް ޓާސްކްފޯސްއިން އެ ޖަލަށް ވަދެ، އެތަނުގެ ހާލަތު މުޅިން ކޮންޓްރޯލްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ލަންކާގެ އިދާރާތައް ގުޅިގެން މިހާރު އަންނަނީ ތަހުގީގު ކުރަމުން ނެވެ. މިކަމާއި ގުޅިގެން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ފުލުހުން ބުނި ގޮތުގައި، ވެރިރަށް ކޮލަމްބޯގެ އުތުރުން އޮންނަ ނިގަމްބޯގެ ޖަލުގައ، މަސްތުވާތަކެތީގެ ދެ ގޭންގެއްގެ މެދުގައި ރޭގަނޑު ހިނގި މި ކުރިމަތިލުންތަކުގައި ޒަހަމްވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އާދީއްތަ ދުވަހާ ހަމައަށް ސްރީ ލަންކާގެ ޖަލުތަކުގައި 41،250 ގައިދީން ތިއްބެވެ. މިއީ އެ ޖަލުތަކަށް ކަނޑައެޅިފައިވާ ޖާގައަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;